ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
-
މި އިދާރާއިން ދޭ މައުލޫމާތާއި ސްޕެސިފިކޭޝަން އާއި އެއްގޮތަށް، މި އިދާރާގައި ޤާއިމްކުރާ ޕާސްޕޯޓް ކަލެކްޝަން ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
-
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓުން(shaviyani.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ( gazette.gov.mv) އިޢުލާނާއި އެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
-
މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2024 ސެޕްޓެމްބަރ 26ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2024 އޮކްޓޯބަރ 27 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މެއިލްކުރެވޭނެއެވެ.
-
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 28ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
-
މި މަސައްކަތަށް ބިޑުހުށައަޅަން އެދޭ ފަރާތްތަކުން 23 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުންއެދެމެވެ.https://forms.office.com/r/iRJP07QfmW
-
ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
-
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
-
ފޯން: 6540400، 6540463
އީމެއިލް: [email protected]
ކޮޕީ: [email protected]