ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)374-A/374/2024/54 (10 އޮކްޓޫބަރު 2024) އިޢުލާނުން ސީނިއަރ ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިޢުލާނުގައި ހިމެނިފައިވާ މަސްޢޫލިއްޔަތުތަކަކީ ސީ.އެސް ވިއުގަ 2.0 ގައިވާ މަސްޢޫލިއްޔަތުތަކެއް ކަމުގައި ނުވާތީ، ޙަވާލާދެވުނު އިޢުލާނު ބާޠިލްކޮށް މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
އިޢުލާނު |
|
މަޤާމު: |
ސީނިއަރ ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-388774 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ |
މުސާރަ: |
މަހަކު 6,295/- ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000/- ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ހ. އަލަށް އުފަންވާކުދިންގެ ފޫޅުމާ ފޯމު ހުށަހެޅުމުން އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް ދޫކުރުން. ށ. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހެއްދުމަށްޓަކައި ލަސްވެގެން ރަސްމީ 01 ގަޑީއިރުގެތެރޭގައި ގެމެން ޕޯޓަލްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހެޅުން. ނ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހައްދައި ފޮނުވުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ލަސްވެގެން ރަސްމީ 1 ދުވަހުގެ ތެރޭގައި ޙަވާލުކޮށް ކޮޕީ ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްކުރުން. ރ. ނިލަންދޫގެ ރަށްވެއްސެއްނަމަ ވިހާމަރުވާއާއި، ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހުގެ އިތުރުން ގެމެން ޕޯޓަލްގެ ގޭގޭގެ ރަޖިސްޓްރީއަށް އަރުވައި ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން. ބ. ނިލަންދޫގައި އުފަންވާ ކުދިންގެ ރަޖިސްޓްރީ ހެއްދުމަށްފަހު އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި އުފަންވާ ކުދިންގެ ރެކޯޑު ބަލަހައްޓާފޮތަށް އަރުވައި އަދި ގެމެން ޕޯޓަލްގެ ތެރެއިން އަދާހަމަކުރުން. ޅ. ނިލަންދޫގައި މަރުވާ ކުދިންނާއި މީހުންގެ މަރުސާބިތު ކުރިކަމުގެ ލިޔުން ލިބުމުން އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި ގޭގޭގެ މީހުންގެ ރަޖިސްޓްރީން އަދި ގެމެން ޕޯޓަލްގެ ގޭގޭގެ މީހުންގެ ރަޖިސްޓްރީން އުނިކޮށް މަރުވާ މީހުންގެ ރެކޯޑު ބަލަހައްޓާ ފޮތަށް ނަގައި އެމަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.
ހ. ޢުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ނަން ބަދަލުކުރަން ހުށަހެޅުމުން ނަން ބަދަލުކުރަން ހުށަހަޅާ ސަބަބަށް ބެލުމަށްފަހު ބަދަލުކުރަން ހުށަހަޅާ ނަމަކީ ރަނގަޅު ނަމެއްނަމަ ހުށަހަޅާ ފުރަތަމަ ފަހަރު ލަސްވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ނަން ބަދަލުކުރުމަށް ގެމެންޕޯޓަލްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅައި، އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ލިބުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި އަދި ގެމެންޕޯޓަލްގެ ތެރެއިން އަދާހަމަކޮށް ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން. ށ. 10 އަހަރުން މަތީގެ ކުއްޖަކު ނުވަތަ މީހަކު ނަން ބަދަލުކުރަން ހުށަހަޅައިފިނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންފުރާ ނަންބަދަލުކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ނަން ބަދަލުކުރުމުން ނުކުންނާނޭ މައްސަލައެއް ނެތްނަމަ ކައުންސިލުން ކަނޑައަޅާ ފީ އެއް ދެއްކުމުން ގެމެންޕޯޓަލްގެ ތެރެއިން ނަން ބަދަލުކުރުމަށް ހުށަހަޅައި، ނަން ބަދަލުކޮށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ލިބުމުން އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި އަދި ގެމެންޕޯޓަލްގެ ތެރެއިން އަދާހަމަކޮށް ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
މިމަޤާމުގެ ތަޢުލީމީ ރޮނގުތައް ތިރީގައި އެވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ. https://www.csc.gov.mv/PostStructure/Index/36
3. މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2024 އޮކްޓޫބަރު 29 އާއި 31 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |