މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންދި އެވޯޑަށް ކުރިމަތިލުމަށް އިތުރު މުއްދަތުދިނުން

ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި އަދި އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށް އަދި ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެގޮތުން، މުލަކަތޮޅު ދިއްގަރު ކައުންސިލުން 'ރަންދި އެވޯޑް' ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މި ކައުންސިލްގެ ނަންބަރު: (IUL)368-AS/368/2024/49 (09 ސެޕްޓެމްބަރ 2024) އިޢުލާނުން ޢާއްމުކޮށްވާނީ ހުޅުވާލާފައެވެ.

ނަމަވެސް އެ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހުވެސް، ގިނަ ފަރާތްތަކަކުން، އެ އެވޯޑަށް ކުރިމަތިލުމަށް އެދެމުންދާތީ، އެ އެވޯޑަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ދިނުމުގެގޮތުން، މިއަދުން ފެށިގެން، 2024 އޮކްޓޫބަރ 31 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ފޯމް ނަންގަވައި، ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކާއިއެކު، މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް، މިއިދާރާގެ ވެބްސައިޓުންނާއި، ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. މި އެވޯޑުގައި ހިމެނޭ މަތީދަރަޖައިގެ ބައިން، އެވޯޑު ދިނުމުގައި މުއްދަތު ބަލާނީ ކައުންސިލްގެ 4ވަނަ ދައުރު ފެށުނު ތާރީޚްކަމުގައިވާ 17 މޭ 2021 އިން ފެށިގެން އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚް ކަމުގައިވާ 31 އޮކްޓޫބަރު 2024 ގެ ނިޔަލަށެވެ.

20 އޮކްޓޫބަރު 2024
ހޯދާ