ދިވެހިރާއްޖެ
1- 01 ޖެނުއަރީ 2025 ން ފެށިގެން 31 ޑިސެންބަރު 2025ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
2- މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2024 އޮކްޓޫބަރު 21 އިން 2024 އޮކްޓޫބަރު 24 އަށް ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޫބަރު 31ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
4- މިބީލަމާ ބެހޭގޮތުން ސުވާލުހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ނޮވެންބަރު 4 ވާ ހޯމަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
5- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ނޮވެންބަރު 10 ވާ އާދިއްތަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ
ފޯން: 6560019
އީ-މެއިލް: [email protected]
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ރަބީޢުލްއާޚިރު 1446
20 އޮކްޓޫބަރު 2024