މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އިންޓާރނަލް އޮޑިޓަރެއް އައްޔަން ކުރުމަށް ހުޅުވާލެވޭ ބިލަމާގުޅޭ،

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ތައްޔާރުކުރަންޖެހޭ އެކިއެކި އިންޓާރނަލް އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އިންޓާރނަލް އޮޑިޓަރެއް އައްޔަންކުރުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މިއިޢުލާނާއެކު ޓާރމްސް އޮފް ރިފަރެންސް އެޓޭޗް ކުރެވިފައިވާނެއެވެ. މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 24 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

17 އޮކްޓޫބަރު 2024
ހޯދާ