ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ނައިވާދޫ ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައްކުރުން

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

މި ސްކޫލުގެ ކްލާސްރޫމް 10، 11 އަދި ލައިބްރަރީގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮކްޓޯބަރ 17 އިން 2024 އޮކްޓޯބަރ 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. ނަމަވެސް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/9R3trBmPHmEgXuCD9

  1. މިކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ. އަދި މި އިޢުލާނާ އެކު މަސައްކަތުގެ މަޢުލޫމާތު ޝީޓް އާންމުކުރެވިފައިވާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 29 ވާ އަންގާރަ ސދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ

ފޯން: 6520537

އީ-މެއިލް: [email protected]

17 އޮކްޓޫބަރު 2024
ހޯދާ