މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރީޖަނަލް މެނޭޖަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް ރީޖަނަލް މެނޭޖަރ

ބޭނުންވާ ޢަދަދު:

01 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ 

އަސާސީ މުސާރަ:

 10950.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: 6570 ރުފިޔާ (ބޭސިކް މުސާރައިގެ %60)

ޙާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްގެ ލެވަލް އަށް ބަލާފައި ކުންފުނީގެ ޤަވައިދުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (%20 - %40) ހަމަޖެހިގެން ދާނެއެވެ. 

ޝަރުޠު:

މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 20 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. 

މަޤާމުގެ މަސްޢޫލިއްޔަތު:

ރީޖަނަލް މެނޭޖަރގެ އިރުޝާދުގެ ދަށުން ސެންޓަރުގެ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް  އަދާކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ށ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ރ. ވަޒީފާ އަދާކުރާތަން ހުރި އަތޮޅަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ބ. ފަހުގެ ޓެކްނޮލޮޖީއާއި  އަހުލުވެރިވެފައިވާ މިންވަރު ބެލުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް (ރިފަރަލް ލެޓާރ)

ނ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން)

ރ. ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕޮލިސް ރިޕޯޓް

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.
  • އީމެއިލް ކުރައްވާނީ  careers@mifco.mvއަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

17 އޮކްޓޫބަރު 2024
ހޯދާ