ދިވެހިރާއްޖެ
އިއުލާން
މި ހޮސްޕިޓަލް މަރާމާތުގެ މަސައްކަތް ކުރުމަށް ކުރިން ކުރެވިފައިވާ އިޢުލާން ބާތިލްކޮށް، އެމަސައްކަތަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އިޢުލާންކުރަމެވެ. ވީމާ، މިހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
|
ތާރީޚް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
20 އޮކްޓޯބަރ 2024 |
11:00 |
ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ |
އަގު ހުށަހެޅުން |
23 އޮކްޓޯބަރު 2024 |
11:00 |
ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ |
މާކްސް ދެވޭނެގޮތް:
މަސައްކަތުގެ އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ.
މަސައްކަތުގެ މުއްދަތު: މިބަޔަށް ޕޮއިންޓް ދެވޭނީ ހުށައެޅި މަސައްކަތް ނިންމޭނެ އެންމެ ކުރު މުއްދަތަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެ ފްރެކްޝަން އުސޫލުންނެވެ.
ތަޖުރިބާ: މިބަޔަށް ޕޮއިންޓް ދެވޭނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއެއް ނުވަތަ ދަޢުލަތުގެ ވުޒާރާއަކުން ޢިމާރާތްކުރުމުގެ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ލިޔުމަށް ބަލައި ނިންމާފައިވާ މަސައްކަތުގެ ޖުމުލަ ރުފިޔާގެ އަދަދުން، މިފަދަ 5 ޕްރޮޖެކްޓްގެ ލިޔުމަށް ބަލައިގެން އެންމެ ގިނަ ޕޮއިންޓް ލިބޭނެ ފްރެކްޝަން އުސޫލުންނެވެ. އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. އަދި -/50,000 ރުފިޔާއިން ދަށުގެ މަސައްކަތްތަކަށް ތަޖުރިބާއަށް ޕޮއިންޓެއް ނުދެވޭނެއެވެ.
ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 11:00 ގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6700691 އަށް ގުޅުއްވުން އެދެމެވެ.
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.