ދިވެހިރާއްޖެ
މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ފުނަދޫ ތަމްސީލްކުރާ ޓީމްގެ ދަތުރުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (18/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫން (2003/1) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
މިބީލަމާއި ގުޅޭ މަޢުލޫމާތު މިކައުންސިލް އަށް ގުޅުމުން ނުވަތަ [email protected] މިމެއިލް އަށް ރެކުއުއެސްޓް ކުރުމުން އެފަރާތަކަށަށް ފޯރުކޮށްދެވޭނެއެވެ. އަދި ބީލަންހުޅުވުން އޮންނާނީ 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.