މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއިގުޅޭ:

އިޢުލާން

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއިގުޅޭ:

2024 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

މި އެވޯޑްތަކަށް އެދި ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ދެ ފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ވެބްސައިޓް https://fisheries.gov.mv/  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 ވީމާ މި އެވޯޑްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި އިދާރާގެ ނަންބަރު 6720508 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2024
ހޯދާ