ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

      ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: IUL)244-ESMSM/244/2022/56 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ލޯގޯއެއް ހުށަހަޅާފައިނުވާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލާމެވެ.

      މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 އޮކްޓޫބަރ 2024 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ،  [email protected]  އަށެވެ. އަދި މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

      މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 27 އޮކްޓޫބަރ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮކްޓޫބަރު 2024
ހޯދާ