ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރު މެއިން ޕަމްޕް ސްޓޭޝަންގެ އުތުރުން އޮންނަ ހުސްބިމުގައި އައުޓްޑޯރ ޖިމް އަޅައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ޅ. ހިންނަވަރު ކައުންސިލް އިދާރާއިންދޭ އައުޓްޑޯރ ޖިމް އިކުއިޕްމަންޓް އާއި މަޢުލޫމާތާއި އެއްގޮތަށް، ޅ. ހިންނަވަރު މެއިން ޕަމްޕް ސްޓޭޝަންގެ އުތުރުން އޮންނަ ހުސްބިމުގައި­، އަމިއްލަ ޚަރަދުގައި އައުޓްޑޯރ ޖިމްއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލައި، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އަދި ބިމުގެ ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

17 އޮކްޓޫބަރު 2024
ހޯދާ