ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް އިމާރާތެއް ކުއްޔަށްދޭނެ ފަރާތެށް ހޯދުމަށް
ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް އިމާރާތެއް ކުއްޔަށްދޭނެ ފަރާތެށް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q2C-B/2023/14 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮކްޓޫބަރު 17 އިން ފެށިގެން 2024 އޮކްޓޫބަރު 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކްޓޫބަރު 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ހޯނޑެއްދޫ
ފޯނު: 6840614
އީ-މެއިލް: [email protected]
ރަޖިސްޓްރީ ފޯމާއި އަދި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
17 އޮކްޓޫބަރު 2024
ހޯދާ