ދިވެހިރާއްޖެ
މަރާމާތު
މި ސެންޓަރުން ކުރި ނަންބަރު: CMS/2015/04-ފ153 އިޢުލާން، (މަޢުލޫމާތު ފުރިހަމަނުވާތީ) ބާޠިލު ކުރުމަށްފަހު އަލުން އެ މަސައްކަތްތައް ކުރުމަށް އިޢުލާން ކުރަމެވެ. ވީމާ، ތިރީގައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
1- ދިޔަދޮވިތައް މަރާމާތު ކުރުމާއި އައު ދިޔަދޮވި ލުން.
2- އޮފީސް ޢިމާރާތާއި ލައިބްރަރީގައި ބޯޑަރުމުށި ޖެހުން.
3- ފާޚާނާތަކުގެ މަރާމާތު.
4- ވާރކްޝޮޕްތެރެއަށް ފެން ލީކުވާތަން ބެއްދުމާއި ޗާޓުރޫމުގައި ޑޯކްލޯޒަރ ހަރުކުރުން.
5- އޮފީސް ޢިމާރާތާއި ސަރވައިވަލް ސެންޓަރުގައި ކުލަލުން.
6- ސަރވައިވަލް ސެންޓަރުގެ ފެންސް މަރާމާތު ކުރުން.
7- ސަރވައިވަލް ސެންޓަރުގައި 100 ފޫޓުގެ މަގެއް ހަދައި ގާ ޖެހުން.
8- ކޮންޓެއިނަރުގެ މަތިގަނޑު ކަނޑައި ނެގުމާއި މަތިއެޅުން، އަދި ތަކެތި އުފުލާ ގާޑިޔަލުގެ ފުރޮޅު ހަރުކުރުން.
9- މެއިން ބިލްޑިންގގެ ޓެރަސް މައްޗަށް އެރުމަށް ސިޑިއެއް ހެދުން.
10- ލައިފްބޯޓު ބަހައްޓާފައިވާ ޑެވިޓް (ބުޑުތައް) މަރާމާތު ކުރުން.
11- ސަރވައިވަލް ސެންޓަރުގައި ހިޔާކޮށްފައިވާ ތަނުގެ ފުރާޅުގެ ޓްރަސްތަކުގެ ދަބަރު ތަޅައި ދަވާދުލުން.
މަތީގައި ބަޔާން ކުރެވިފައިވާ 11 އައިޓަމަށް ކޮންމެ މަސައްކަތަކަށް ވަކި އަންދާސީހިސާބެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިނގިލީގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
7 ޖުލައި 2015 |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
12 ޖުލައި 2015 |
11:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.
4 ރަމަޟާން 1436