އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ފީލްޑް އޮފިސަރ

"ރަސްފަރީ ރިސްޓޮރޭޝަން" ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ފީލްޑް އޮފިސަރގެ މަޤާމަށް ކުރިމަތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 2024 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން: ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓުފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައި.ޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރިވސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

 

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައިވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް http://www.epa.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އެޕްލިކޭޝަން އީ.މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected] އީ.މެއިލް އެޑްރެހަށެވެ. އަދި އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅުއްވާނަމަ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

 

"ރަސްފަރީ ރެސްޓޮރޭޝަން" ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ފީލްޑް އޮފިސަރ އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ޔުނިޓު

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

ހަނދުވަރީ ހިނގުން، މާފަންނު މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3335949، 3038800

ވެބްސައިޓް:http://www.epa.gov.mv/) )  www.epa.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ. އަދި މި އިޢުލާނު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ.

17 އޮކްޓޫބަރު 2024
ހޯދާ