މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 10 (ދިހަ) މެންބަރުން އިންތިޚާބު ކުރަން ބޭނުންވެއެވެ. އެއީ އާންމު 3 (ތިނެއް) މެންބަރުންނާއި މީޑިއާތަކުން 7 (ހަތެއް) މެންބަރުންނެވެ. މި 10 (ދިހަ) މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް، މި އިޢުލާނާއެކުގައި ވާނެއެވެ. މި ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.  

ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 2024 އޮކްޓޯބަރު 17 - 23 އަށެވެ. މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:30 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެއިތުރުން، މި މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ މިމިނިސްޓްރީގެ ނަންބަރު : 4000419 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                              

 14 ރަބީޢުލްއާޚިރާ  1446

17 އޮކްޓޫބަރު 2024
ހޯދާ