އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސިޓީ ބާޒާރުގެ މައުލޫމާތު ސެޝަން ފަސްކުރުން

އިޢުލާން

ސިޓީ ބާޒާރުގެ މައުލޫމާތު ސެޝަން ފަސްކުރުން

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 7 ނަމްބަރ ފިހާރަ ކުއްޔަށް ދޫކުރުމަށް މި އިދާރާއިން ކުރި ނަމްބަރ (IUL)426-AB/426/2024/414 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

މި އިއުލާނާއި ގުޅިގެން ކުރިން އިންފޮމޭޝަން ސެޝަން އޮންނާނެ ކަމަށް ހާމަކޮށްފައިވާ ތާރީޚް މިހާރު ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އިންފޮމޭޝަން ސެޝަން އަދި ޕްރޮޕޯސަލް ހުށަހެޅުން ދެން އޮންނާނީ މި ދަންނަވާ ތާރީޚްގައެވެ.

އިންފޮމޭޝަން ސެޝަން  

20 އޮކްޓޯބަރ 2024 އާދީއްތަ 10:00ހެނދުނު،

ޕްރޮޕޯސަލް ހުށަހެޅުން

23 އޮކްޓޯބަރ 2024 ބުދަ،  10:00 ހެނދުނު  

 

އިންފޮމޭޝަން ސެޝަން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި ސިޓީބާޒާރުގައެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

 

13 ރަބީޢުލްއާޚިރު 1446

16 އޮކްޓޯބަރ 2024

16 އޮކްޓޫބަރު 2024
ހޯދާ