ދިވެހިރާއްޖެ
މި ކައުންސިލްގެ އިދާރާއަށް 12 މީހުންގެ ޖާގައިގެ އައު ފައިބަރ ލޯންޗެއް ހޯދުމަށް ކުރި ނަންބަރު:IUL)233-ADS/233/2014/15) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ލޯންޗަކީ މުޅިން އަލަށް ބަނދެވިފައިވާ މައިގަނޑު ހުދުކުލައިގެ ލޯންޗެއްކަމުގައި ވާންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 7778179/9975936 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބުތައް އިވެލިއުޓްކުރުމުގާ މާކްސް ދޭނެ ކަންތައްތައް:
# |
ތަފުސީލު |
މާކްސް (%) |
1 |
ލޯންޗްގެ ޖުމުލަ އަގު: (ޖީ.އެސް.ޓީ/ އެހެން ކަމިޝަނެއްވާނަމަ އަގުގެ ތެރެއިން ވަކިން އެބައި އެނގޭގޮތަށް) |
50 |
2 |
މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާ މަސައްކަތްތައް) |
5 |
3 |
ފައިސާ ދައްކަން ހުށަހަޅާ ގޮތްތައް: (ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް) |
15 |
4 |
މުއްދަތު: (މަސައްކަތްކޮށް ނިންމާ މުއްދަތު) |
15 |
5 |
ވޮރަންޓީ (ވޮރަންޓީގެ މުއްދަތު) |
15 |
|
100 |
ހުށަހަޅުއްވާ ކޯޓޭޝަންތަކުގައި، ލޯންޗުގެ ހަލްގަނޑުގެ ފުރިހަމަ މަޢުލޫމާތާއި އަދި ލޯންޗުގެ ހުރިހާ މަސައްކަތެއް ނިމުމަށްފަހު ލޯންޗުގައި ހުންނާނެ ތަކެތީގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.
ވީމާ، މި ކައުންސިލް އިދާރާއަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ބަނދެ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖުލައި 08 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިއެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުންވެސް އޮންނާނީ 2015 ޖުލައި 08 ވާ ބުދަ ދުވަހުގެ 14:00 ގައި މި ކައުންސިލް އިދާރާގައެވެ. މިގޮތުން ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނީގެ މަޢުލޫމާތުތައްވެސް ހުށަހަޅުއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ރަމަޟާން 1436