ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ގްރާންޓް ނަންބަރު: E047-MV
މަސައްކަތުގެ ބާވަތް: ޑިޖިޓަލް އައިޑެންޓިޓީ އަދި ޚިދުމަތްތަކުގެ ބިލް ޑްރާފްޓް ކުރުމަށްޓަކައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުން
ރިފަރެންސް ނަންބަރު: MV-MOECCT-DMADD-361679-CS-QCBS
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންސަލްޓިންގ ސާވިސަސް ("ޚިދުމަތްތައް") އަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް، ރައްކާތެރިކަމާއި ފަސޭހަކަމާއެކު އޮންލައިން ކޮށް ޑިޖިޓަލް ހިދުމަތްތައް ހޯދާ/ފޯރުކޮށްދިނުމުގައި، ސަރުކާރަކީ ޑިޖިޓަލް އައިޑެންޓިޓީ ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި އިތުބާރު އުފެއްދުމަށް ބޭނުންވާ ޑިޖިޓަލް އައިޑެންޓިޓީ އެންޑް ސާވިސަސް ބިލެއްގެ ޑްރާފްޓް ތައްޔާރުކުރުމެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، މަސައްކަތުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ. މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛ (ހ) ޑިޖިޓަލް އައިޑެންޓިފިކޭޝަން، ޑޭޓާ ޕްރޮޓެކްޝަން / ސައިބަރ ސެކިއުރިޓީ އާއި ގުޅުންހުރި ކަންކަމުގެ މައުލޫމާތު ހުރުމާއިއެކު، ޤާނޫނީ އިސްލާހު ގެނައުމުގެ ލަފާދިނުމާއި، ޤާނޫނު ޑްރާފްޓްކުރުމާއި، ޑޭޓާ ޕްރޮޓެކްޝަނާއި ގުޅުންހުރި ކަންކަމުގައި ލަފާދިނުމާއި، މިފަދަ ޤާނޫނުތައް ޑްރާފްޓް ކުރުމުގެ އަމަލީ ތަޖުރިބާ ހުރި ފަރާތަކަށްވުން. (ށ) މި މަސައްކަތައް ކުރިމަތިލާ ފާރމް ގައި ކޮމްޕްލެކްސް ޤާނޫނީ އަދި ދާއިރާގެ ކޮންޓެކްސްޓްތަކުގައި ކަމާބެހޭ ލަފާ ދިނުމުގެ ދާއިރާގައި މަދުވެގެން ފަސް (5) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި މިފަދަ ބިލެއް/ޤާނޫނެއް ހެދުމުގެ ދެ (2) ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ނިންމާފައިވުން. ކުރިއަރަމުން އަންނަ އިގްތިސާދުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމަކީ ފަރމް ހޮވުމުގައި އިސްކަން ދެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ މައުލޫމާތާއި ތަޖުރިބާ ލިބިފައިވުން ވަރަށް އެދެވިގެންވެއެވެ. ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓެއް ނުކުރާނެއެވެ. ނަމަވެސް، ހުށަހަޅުއްވާ ކޮންމެ ކީ އެކްސްޕާޓެއް ހުށަހަޅުއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ހަތަރުވަނަ އެޑިޝަން، ނޮވެންބަރު 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.
މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.
މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.mohst.gov.mv ލިބެން ހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެންބަރު 4 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
އީމެއިލް:[email protected]
ވެބްސައިޓް: www.mohst.gov.mv/ dmadd.gov.mv
ފޯނު ނަންބަރު: +(960)330-2253