ދިވެހިރާއްޖެ
ގދ.ފިޔޯރީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް މި އިދާރާއިން ކުރި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމުގައި ބައެއް މައުލޫމާތު މަދުކަމަށް ފާހަގަކުރެވޭތީ ފޯމް އިސްލާހުކުރުމަށް ފަހު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ. ހަމަމިއާއެކު ފޯމް ހުށައެޅުމަށް ދެވިފައިވާ މުއްދަތު 14 ނޮވެމްބަރ 2024 ވާ ބްރާސްފަތި ދުވަހަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، ގޯއްޗަށްއެދޭ ހުރިހާ ފަރާތަކުންވެސް އިސްލާޙުކުރެވިފައިވާ ފޯމް އިތުރު ކުރެވިފައިވާ މުއްދަތުގައި ހުށައެޅުމަށް ދަންނަވަމެވެ. ގޯއްޗަށް އެދޭ ފޯމް މެއިލް ކުރާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރުމަށް ފަހު ފޯމް ލިބުނުކަން ޔަގީން ކުރުމަށް ދަންނަވަމެވެ.
ގދ.ފިޔޯރީއިން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ފޯމު ބަލައިގަތުން: 2024 ނޮވެމްބަރ 15 ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00އަށެވެ.
- އީ-މެއިލް ކުރުމަށް: [email protected]
މި އިޢުލާނާއެކު ގދ.ފިޔޯރީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި އިސްލާޙު ކުރެވިފައިވާ ގދ.ފިޔޯރީއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ. ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް، ގޯއްޗަށްއެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު ހިމެނިފައިވާނެއެވެ. ހަމަމިއާއެކު ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.