ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެން ފުޓްސަލް ކޯޗިން ކޭމްޕް ކުރިއަށް ގެންގޮސްދޭނެ ކޯޗެއް ހޯދުމާއި ގުޅޭ!

            ގދ. މަޑަވެލި ކައުންސިލް އިސްނަގައިގެން ރަށުގައި ތިބި އަންހެން ކަނބަލުންނަށް އަމާޒްކޮށްގެން 15 ދުވަހުގެ މުއްދަތަށް ފުޓްސަލް ކޯޗިން ކޭމްޕްއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މިކޭމްޕް ކުރިއަށްގެންގޮސްދެއްވާނެ ކޯޗެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް އެދި ޝަޢުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 24 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  2. ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތައް.
  3. ފުޓްސަލް ކޯޗިންގ ދާއިރާއިން ލިބިފައިފާ ތަޖްރިބާ އެނގޭނެ ލިޔުން.
  4. C ލައިސަންސް ގެ ކޮޕީ
  5. މިކޭމްޕް ކުރިއަށް ގެންދެވޭނެ އަގު ބަޔާންކޮށް ހުށަހަޅާފަރާތުން ލިޔެފައިވާ ސިޓީ/މެއިލް/ކޯޓޭޝަން

 

         

 

 

 

 

             މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އުޖޫރައަކީ  -/7000ރ. (ހަތްހާސް ރުފިޔާ) އެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ ޝަރުތު ފުރިހަމަވާ، އެންމެ ކުޑަ އުޖޫރައެއް ހުށަހަޅާ ފަރާތެކެވެ. 

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮކްޓޫބަރު 2024
ހޯދާ