މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާއި ގުޅޭ

ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"  އާއި އެއްގޮތްވާގޮތުގެ މަތިން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. މި ދަފްތަރުގެ މަޢުލޫމާތާއިއެކު ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަޖިސްޓްރީކޮގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.

ވީމާ މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުން 2024 އޮކްޓޯބަރ 20 އިން 22 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިކައުންސިލް އިދާރާގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. ވީމާ މިރަށުގައި ބިދޭސީން ގެންގުޅޭ ހުރިހާ ފަރާތްތަކުން  މަތީގައި ދެންނެވިފައިވާ ގަޑިއަށް ބިދޭސީން، ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މައުލޫމާތު ހިމެނޭ ލިޔުމަކާއި އެކު މިއިދާރާއަށް ފޮނުވައި ދެއްވުންއެދެމެވެ. އަދި އަދާހަމަކުރަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތުވެސް ހިމެނޭތީ މިފަދަ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ހާޒިރުވުމަށް ދަންނަވަމެވެ.

މަތީގައި ދެންނެވިފައިވާ މުއްދަތުގައި މައުލޫމާތު ހުށަނާޅާ ފަރާތްތަކާއި، ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާއި ޚިއްސާކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 އޮކްޓޫބަރު 2024
ހޯދާ