މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުން ނަފާ ހޯދާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިބެހޭ

ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާއިން، ދެ އަވަށުގެ ވަލުން އިޤްތިޞާދީ މަންފާ ހާޞިލުކުރަމުންދާ ފަރާތްތަކުގެ ތަފްސީލީ ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

 މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، ވަލުން ނަފާ ހޯދާ ފަރާތްތައް ދެނެގަތުމާއި އަދި އެފަރާތްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމެވެ.

އެގޮތުން ކެނދިކުޅުދޫ ރައްޔިތުންގެ ތެރެއިން، ވަލުން ނަފާ ހޯދާ ފަރާތްތަކުން 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ދަފްތަރުގައި ރަޖިސްޓްރީވުމަށް މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ދަންނަވަމެވެ. އަދި މީގެއިތުރުން މިކައުންސިލްގެ ނަންބަރު: 6560013 އަށް ރަސްމީ ގަޑީގައި ގުޅުއްވައިގެންވެސް ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށްގެންދެވޭނެއެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/Mi85gmSiTq

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11  ރަބީޢުލްއާޚިރް  1446

14   އޮކްޓޯބަރ   2024

14 އޮކްޓޫބަރު 2024
ހޯދާ