މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީ.ޕީ.ޑީ) އަށް ޢާންމުންގެ ޚިޔާލު ފާޅުކުރުމަށް ހުޅުވާލުން.

    ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަރު 2019/R-1010"އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ  45 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިނިސްޓްރީން ވަނީ "ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީ.ޕީ.ޑީ)" ގެ ދެލިކޮޕީއެއް އެކުލަވާލައިފައެވެ. މި ގައިޑްލައިނަކީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ލައިސަންސްޑް އާކިޓެކްޓުންނާއި ލައިސަންސްޑް އިންޖިނިއަރުންނާއި ބިލްޑިންގ އިންސްޕެކްޓަރުން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީ.ޕީ.ޑީ) ހާސިލުކުރަންޖެހޭ މިންގަނޑު ބަޔާންކޮށްފައިވާ ގައިޑްލައިނެއެކެވެ.

    ވީމާ، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީ.ޕީ.ޑީ)" އަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގައިޑްލައިންގެ ދެލިކޮޕީއަށް ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއް ވާނަމަ މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ އީމެއިލް [email protected]  އަށް 2024 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10:00ގެ ކުރިން މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމެޓުގައި ފޮނުއްވުން އެދި ދަންނަވަމެވެ.

16 އޮކްޓޫބަރު 2024
ހޯދާ