ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްވެރިންގެ ދުވަސް 2024" ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

          މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިކައުންސިލުން 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި އަތޮޅުގައި ފާހަގަކުރުމަށް ޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް މިއަތޮޅުގެ ރަށު ކައުންސިލްތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

          މަސްވެރިންގެ ދުވަސް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރެއްވުމަށްފަހު،2024 އޮކްޓޫބަރު 29 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

           ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ. ހޯސްޓުކުރުމުގެ ފުރުޞަތު ލިބޭ ފަރާތަކަށް 30000.00 ރުފިޔާގެ ފައިސާގެ އެހީތެރިކަން މިކައުންސިލުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. 

15 އޮކްޓޫބަރު 2024
ހޯދާ