ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ތުޅާދޫ ސްކޫލުގެ މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- އުތުރުހުޅަނގު ގޭޓުން ފެށިގެން 31.7 ފޫޓު ދިގުމިނުގެ ފާރު ތަޅައި ކުރީގެ ފާރާ އެއްއުސްމިނަކަށް ރޭނުން.
- 185.5 ފޫޓުގެ ދިގުމިނުގެ ފާރުގެ އެތެރެފަރާތާއި ބޭރުފަރާތުގައި ސިމެންތިޖެހުން.
- 14 ފޫޓު ދިގުމިނުގެ ފާރުގެ ބޭރުފަރާތުގައި ސިމެންތިޖެހުން
- 52.4 ފޫޓު ދިގުމިނުގެ ފާރުގެ އެތެރެފަރާތުގައި ސިމެންތިޖެހުން
- ކުލަލުން
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހުގެ 14:00 އަށް 6600136 ނަންބަރު ފޯނާއެވެ.
5 ރަމަޟާން 1436