މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ކައުންސިލްގެ 1 ވަނަ ފުޓްސަލް މުބާރާތުގެ މެޗުތަށް ކުރިޔަށްދާ ވަގުތުތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ވިޔަފާރި ކުރުމާއި ގުޅޭ (.)

މ.މަޑުއްވަރީ ކައުންސިލުން އިންތިޒާމްކޮށްގެން 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2024 ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރާތުގައި ޖުމުލަ 15 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތް ކުރިޔަށް ދާނީ 31 އޮކްޓޯބަރު 2024 އިން 07 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކުން ދުވާލަކަށް 50/- (ފަންސާސް) ރުފިޔާ ފީގެ ގޮތުގައި ކައުންސިލަށް ދައްކަވަންޖެހޭނެއެވެ. ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ ގާޑިޔާ ހިންގުމަށް 1 ބިމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 24 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ސިޓީ/މެއިލް ކުރެއްވުން އެދެމެވެ.

އީމެއުލް : [email protected]

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

15 އޮކްޓޫބަރު 2024
ހޯދާ