ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އޮވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލުމާއި ގުޅޭ

ނަންބަރު: (IUL)253/253/2024/73

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އޮވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލުމާއި ގުޅޭ

   2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ.

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޙިދުމަތްތެރި ޒުވާނާ ކެޔޮޅު ( 35 އަހަރުން ދަށް)؛
  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު ( 35 އަހަރުން މަތި)؛
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް.

   

  ވީމާ، އެވޯޑްތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމް މި ކައުންސިލް އިދާރާއިން އިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓރީގެ ވެބްސައިޓް  http://fisheries.gov.mv/  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑިއަކީ 07 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

  

 12  ރަބީޢުލްޢާޚިރު   1446

 15  އޮކްޓޫބަރު     2024

15 އޮކްޓޫބަރު 2024
ހޯދާ