ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު

 

އިންސާނީ ތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމަށްޓަކައި މި ކޮމިޝަންގެ ފަރާތުން "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ 4 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ހައިސިއްޔަތުން އިންސާނީ ތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންނާއި އަދި، އިންސާނީ ތަކަށް ވަކާލާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 04 އިން 07 ގެ ނިޔަލަށް މާލޭގައެވެ.

ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމްގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކޮށް، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކޮށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްރީނުކޮށް ބާރުވެރިކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ މައުލޫމާތާއި، ބައިނަލްއަގުވާމީ އަދި ގައުމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ މައުލޫމާތާއި، ހިއުމަން ރައިޓްސް ޑިފެންޑަރުންގެ މަސައްކަތްތަކާއި، ޙައްޤުތަކަށް ވަކާލާތު ކުރާނެ ގޮތްތަކާއި، އެޑްވަކަސީ ކެމްޕޭންތައް ރާވާ ހިންގުމާ ގުޅޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި، ކޮމިޝަނުން ކުރިއަށް ގެންދާ އިތުރު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި މި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ތަމްރީނު ޕްރޮގުރާމްގައި ހިމެނޭ ބައިތައް:

  • އިންސާނީ ޙައްޤުތަކުގެ ތައާރަފާއި މައިގަނޑު އަސާސްތައް
  • އިންސާނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ
  • ހިއުމަންރައިޓްސް ޑިފެންޑަރުން
  • ޙައްޤުތަކަށް މަސައްކަތްކުރާ ނެޓްވޯކްސް އުފެއްދުން
  • ވިމަން ހިއުމަން ރައިޓްސް ޑިފެންޑާސް
  • އިންސާނީ ޙައްޤުތަކުގެ ދާޚިލީ އޮނިގަނޑު
  • ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކާބެހޭ ނިޒާމު
  • އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މައްސަލަ ހުށަހެޅުން
  • އ.ދ.ގެ އިންސާނީ ޙައްޤުތަކާ ގުޅޭ ނިޒާމް ބޭނުންކޮށްގެން ޙައްޤުތަކަށް ވަކާލާތު ކުރުން
  • ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވެފައިވާ އަދި ހަވާސާވެފައިވާ ފަރާތްތަކާއި އިންޓަސެކްޝަނަލިޓީ
  • އިންސާނީ ހައްޤުތަކުގެ މަންހަޖް (ހިއުމަން ރައިޓް ބޭސްޑް އެޕްރޯޗް)
  • އެޑްވޮކަސީ ކެމްޕޭނެއް ހިންގުން

 

ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަންގެ 3003162 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

https://forms.office.com/r/YDXMC4PYH2

 

 

 

15 އޮކްޓޫބަރު 2024
ހޯދާ