ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ދިޔަމިގިލީ، މަސްޖިދުލް އަމާނަތުގެ ސިޑީގައި ދެ ރޭމްޕު ހެދުމާއި ސިޑިބަރީގެ މުށި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މަސްޖިދުލް އަމާނަތުގެ ސިޑިބަރީގެ މުށިތަށް ބަދަލުކުރުމާއި، ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު އަރާފޭބޭނެ ގޮތަށް ސިޑީގައި ރޭމްޕެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފު ކުރުމަށް 7886649 ނަންބަރާ ގުޅުއްވުން އެދެމެވެ.

15 އޮކްޓޫބަރު 2024
ހޯދާ