މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހާ ގުޅޭ

25 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑު ރޭހާ ގުޅިގެން ތިރީގައިވާ ގަޑިތަކުގައި މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާ ރޫޓުމެޕުގައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

  1. ފަތިހު 04:00 އިން 09:15 އަށް
  2. ހަވީރު 03:30 އިން 06:15 އަށް

 

މިއެންގުމާއި ޚިލާފުވާ ފަރާތްތަކައް ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.

15 އޮކްޓޫބަރު 2024
ހޯދާ