ދިވެހިރާއްޖެ
މިމިނިސްޓްރީގެ ގްރީން ބިލްޑިންގ ޢިމާރާތާއި ގޯޑައުން އިމާރާތާއި އެމް.އީ.އޭ އިމާރާތުގެ ސެކިއުރިޓީ އެއް އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)438-PRCU/1/2015/74)ފ(16 ޖޫން 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސެޝަންގައި ބައިވެރިވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދެންނެވީމެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 300 3018 ނުވަތަ 343 3018 އަށް ގުޅުއްވުން އެދެމެވެ.