ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އާއްމުކޮށް އިޢުލާންކުރަމެވެ.

މަޤާމް:

ޑްރައިވަރ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2 (ރޭންކް: އެސް. އެސް. 2)

މުސާރަ:

މަހަކު -/3470 ރުފިރާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. އަތޮޅު ހޮސްޕިޓަލް / އިދާރީ

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހޮސްޕިޓަލުން ހަމަޖައްސަވާގޮތެއްގެމަތިން ދަތުރުތައް ކުރުން.
  2. ހޮސްޕިޓަލުން ހަމަޖައްސަވާ ޑިއުޓީތަކުގައި ނުކުމެ މަސައްކަތް ކުރުން.
  3. އެމްބިއުލައިންސް/ވޭން ހަޑިވިޔަނުދީ ދޮވުމާއި ފޮހެސާފުކޮށް ބެލެހެއްޓުން.
  4. އެމްބިއުލައިންސް/ވޭނަށް އަޅަން ބޭނުންވާ ތެޔޮއަޅައި، ގެއްލުންނުވާގޮތުގެމަތީން އެމްބިއުލައިންސް/ވޭން ބެލެހެއްޓުން.
  5. އިމަރޖެންސީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  6. ވެހިކަލްތަކަށް ހޯދިފައިވާ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖުލައި 2 ވަނަ ދުވަހުގެ 11:00 ގެ ކުރިން، 'ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު ފ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން.

އިންޓަވިއު އާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ޖުލައި 12 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ފ. އަތޮޅު ހޮސްޕިޓަލުގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރު 5 ގައިވާ ގޮތުގެ މަތީން:

  1. އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް – ހަމަޖެހިފައިވާ އުސޫލުން
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް – ހަމަޖެހިފައިވާ އުސޫލުން     

ހުށަހަޅަންޖެހޭ ލިޔުންތަށް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާ އަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމުތައް، ފ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވެއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  6. ލިބިފައިވާ ލައިސަންސްގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެހެނިހެން ކަންތައްތައް:

  • މިމަޤާމަށް ކުރިމަތިލާ މީހުންނަކީ، އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ނުވުން.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ.

ނޯޓު:

 ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރައްވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ތެރެއިން B1 ކެޓެގެރީގެ ލައިސަންސް ހާސިލުކޮށްފައިވާ ފަރާތަކަށްވުން.

  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ހޮސްޕިޓަލުގެ 6740086 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.  

5 ރަމަޟާން 1436

22 ޖޫން 2015
ހޯދާ