މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމުގެ ނަން:         އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް:             ޖީ. އެސް. 3
  • ކުލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1
  • ބޭނުންވާ އަދަދު         1 (އެކެއް)
  • މުސާރަ:            -/4465 ރުފިޔާ
  • ސަރވިސް އެލަވަންސް:   -/1500 ރުފިޔާ

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

  • މަޤާމް އޮތް އޮފީސް:    ނ. ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ (ކޯޕަރޭޓްއެފެއާޒް/ އެޑްމިނިސްޓްރޭޝަންބައި

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއާއި، ރައްވެހިގެއާއި، ރައްޔިތުންގެ ޢިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ސްޓޮކް ބެލެހެއްޓުން.
  3. އުފަންވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި، ވިހާ، މަރުވާގެ ކަންތައްތައް ބެލެހެއްޓުން.
  4. އެކިއެކި ޖަލްސާތަކާއި، ބައްދަލުވުންތައް އިންތިޒާމްކުރުން.
  5. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކަންތައް ބެލެހެއްޓުން.
  6. ބިމާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުން.
  7. ރަހްނުގެ ރަޖިސްޓްރީ ހަދައިދިނުން.
  8. ރައްވެހިންގެ ރަޖިސްޓްރީގެ ކަންތައް ބެލެހެއްޓުން.
  9. ރަށުން ގޯއްޗާއި ބިން ދޫކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  10. ކޯޓުން، ބިމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  11. ކުޅިވަރާއި އިޖުތިމާޢީ ހަރަކާތްތަކާބެހޭ ކަންތައްތައް (އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވަންޖެހޭ ކުޅިވަރު ޕްރޮގްރާމްތައް) ރާވައި ހިންގުން.
  12. ސެކްޝަނުގެ ޔައުމިއްޔާ ނޯޓު ތައްޔާރުކޮށް، ގަވާޢިދުން ހަވާލުކުރުން.
  13. ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި މެސެޖް ފަދަ ތަކެތި ލިޔުމާއި، ފައިލްކުރުން.
  14. ވަޒީފާއާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގަވާ ކަންތައްތައް ކުރުން.
  • މަޤާމުގެ ޝަރުޠުތައް:
  1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ކުރުން:

ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ހެނބަދޫ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

  • ވަޒީފާއަށް އެދެންވީގޮތް:

މިވަޒީފާއަށް  އެދޭ ފަރާތްތަކުން 2015 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، ނ. ހެނބަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް:

1. މި މަޤާމަށްއެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމް (މި ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. މި މަޤާމަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)

3. ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ،

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯޅްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ނުވަތަ ކޯޝް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

7. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯޝްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

އިތުރު ތަފްޞީލު.

- ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯޝްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލްސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

30 ޝަޢުބާން 1436

17 ޖޫން 2015
ހޯދާ