ދިވެހިރާއްޖެ
ނަމްބަރ: (IUL)413/413/2024/41
އިއުލާން
ސިނާޢީ މަސައްކަތް ކުރުމައްޓަކާ ކުއްޔަށް ބިން ދޫކުރުން:
ރަށުގެ ސިނާޢީ ސަރަޙައްދުން، ސިނާޢީ މަސައްކަތް ކުރުމައްޓަކާ ބިން ކުއްޔަށްދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ބިން ކުއްޔަށް ދިނުމަށް މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަގުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި [email protected] މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށް ދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވި ދެގޮތުންކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަންވާނެއެވެ.
ބީލަން ހުށަހެޅޭނީ ހުށަހަޅާ ކޮންމެ ބިމަކަށް ބިޑްސެކިއުރިޓީގެ ގޮތުގައި 3000.00 ރުފިޔާ ކައުންސިލަށް ދެއްކުމަށްފަހުގައެވެ. ބިން އެވޯޑްވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ ބިން ދޫކުރާތާ 06 މަސްފަހުންނެވެ. ބިން އެވޯޑް ނުވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ ހޯދުމަށް ހުށަހެޅުމުން ދޫކުރެވޭނެއެވެ.
އަދި ދަންނަވަމެވެ. ކުއްޔަށް ބިން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދުން ކުލި ނުދައްކަވާ ފަރާތްތަކަށާއި، ބިންތައް އެވޯޑްވެފައި ދޫކޮއްލާފައިވާ ފަރާތްތަކަށް މި އިޢުލާނާއި ގުޅިގެން ބިންތަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ.
ވީމާ، ސިނާޢީ މަސައްކަތްކުރުމަށް ބިން ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކުން 17 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮކްޓޫބަރ 2024 ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.
14 އޮކްޓޫބަރ 2024
އިބުރާހިމް ނާޝިދު
ކައުންސިލްގެ ރައީސް