ދިވެހިރާއްޖެ
އިޢުލާން
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމް: |
އެސިސްޓެންޓް ރެޖިސްޓްރަރ |
|
ސެކްޝަން |
ރަޖިސްޓްރޭޝަން |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
ރޭންކް: |
LS5 |
|
މަޤާމުގެ ޝަރުޠު: |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ- އެލް. އެސް. 4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 އާއި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރގެ އެލް. އެސް. 4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
|
މުސާރަ: |
-/13,065 ރުފިޔާ (ތޭރަހާސް ފަސްދޮޅަސް ފަސް ރުފިޔާ) |
|
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/ 3000 ރުފިޔާ (ތިންހާސް ރުފިޔާ ) އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ%60 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ) ޓްރާންސްކްރިޕްޓާއެކު
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
- ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭފަދަ ލިޔުމެއް ހުށަހެޅުން.
- ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
- ބޮންޑެއް އޮތް ފަރާތެއްނަމަ، ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
އިންޓަވިއު:
މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ސުންގަޑި:
2 ޖުލައި 2015 ގެ 14:00
އިތުރު މަޢުލޫމާތު:
އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
5 ރަމަޟާން 1436
