މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކުރުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް މި އޮތޯރިޓީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެ ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

20 އޮކްޓޫބަރު 2024

 އާދިއްތަ

 13:00

އަންދާސީހިސާބު ހުށަހެޅުން

27 އޮކްޓޫބަރު 2024

 އާދިއްތަ

14:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3019-663, 3020-478 އަށް ގުޅުއްވުން އެދެމެވެ.

 

10 ރަބީޢުލްއާޙިރް 1446

13 އޮކްޓޫބަރު 2024
ހޯދާ