ދިވެހިރާއްޖެ
ބީލަމުގެނަން: ލ.މާވަށުގައި ފްޓްބޯޅަ އެކަޑަމީ ހިންގުން |
ބީލަން ނަންބަރު: 400/PROJ/2024/13 |
||
އިއުލާނު ނަމްބަރު: (IUL)400/PRIV/2024/18 |
އިއުލާނުގެ ވަނަ: 01 |
||
ލ.މާވަށުގައި ފްޓްބޯޅަ އެކަޑަމީ ހިންގުން މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|||
|
|||
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން |
2024 އޮކްޓޯބަރ 22 ވާ އަންގާރ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ. އެކައުންޓް ނަންބަރު: 7707700295001 އެކައުންޓް ނަން: 1451 Revenue-1 މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކާއި ރަޖިސްޓްރީ ކޮއްފައިވާ ޖަމިއްޔާ ޖަމާއަތްކަތަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ. |
||
ބީލަން ފޮތް |
މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ. |
||
ބީލަން ހުށައެޅުން / ބީލަން ހުޅުވުން |
ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 23 ވާ ބުދަ ދުވަހު 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ.މާވަށުގައި ފްޓްބޯޅަ އެކަޑަމީ ހިންގުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 23 ވާ ބުދަ ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
||
އިތުރު މައުލޫމާތު |
|