ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރު 374-C/2015/2 (08 ޖޫން 2015) ގެ އިޢުލާނުގައިވާ މަސައްކަތަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެލައްވާފައި ނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
މިއިދާރާއަށް ބައެއް މެޝިނަރީއާއި، ފަރުނިޗަރ ގަންނަން ބޭނުންވެއްޖެއެވެ. ގަންނަން ބޭނުންވާ ފަރުނިޗަރާއި މެޝިނަރީގެ ތަފުސީލު ބަޔާންކޮއްފައި އެވަނީއެވެ.
1- ފަރުނީޗަރ
2 ހައިބެކް ޗެއަރ ފެބްރިކް ކަޅުކުލަ
2 މީޑިއަމްބެކް ޗެއަރ ފެބްރިކް ކަޅުކުލަ
4 ވައިޓްބޯޑު
2 ފައިލިންގ ކެބިނެޓް
4 ފައިލް ހަރުގަނޑު ލަކުޑި (ތަޅުލެވޭ)
1 ފްލިޕްޗާޓް ހޯލްޑަރ
2- މެޝިނަރީ
1 މަލްޓި މީޑިއަރ ޕްރޮޖެކްޓަރ
1 ލެޕްޓޮޕް
2 ކޮމްޕިއުޓަރ ސިސްޓަމް
1 އެއަރކޯން 9000 ބީޓީޔޫގެ
1 ނެޓްވޯކް ޓޫލް ކިޓް
1 ބްލޯވަރ
1 ރޯލް ނެޓްވޯރކް ކޭބަލް
1 ޑިޖިޓަލް ކެމެރާ
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2015ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖޫން 2015ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ޙަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 1 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ ކައުންސިލުން ގަންނަން ބޭނުންވާ ފަރުނީޗަރާއި މެޝިނަރީ ވިއްކުން އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ.
4 ރަމަޟާން 1436