މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް 2024 އާއި ގުޅުވައިގެން މިކައުންސިލުން ހިންގުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. އާންމުކޮށް ރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން ހައްދާ ބާވަތްތައް ހައްދާނެ ގޮތާއި، އެކި ގަސްގަހަށް ޖެހޭ ބަލިތަކާއި، އަދި އެބަލިތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު މިޕްރޮގްރާމުގެ ބައިވެރިންނަށް ދެވިގެން ދާނެއެވެ.

އެގޮތުން މިޕްރޮގްރާމުގައި ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަން ކުރުމަށް ޝައުގެވެރިކަން ހުންނަ 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް މިކައުންސިލުގެ ނަންބަރު: 6560013 އަށް ރަސްމީގަޑީގައި ގުޅުއްވާ ނަންނޯޓު ކުރެވޭނެއެވެ. އަދި ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށްވެސް މިޕްރޮގްރާމުގައި ބައިވެރި ވެވޭނެއެވެ.

އޮންލައިން ފޯމް: https://forms.office.com/r/dEEkMEDYx1

މިޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 16 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ވީމާ، މި ފުރުޞަތުގައި ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުން އެދެމެވެ.

10  ރަބީޢުލްއާޚިރް  1446

13   އޮކްޓޯބަރު   2024

13 އޮކްޓޫބަރު 2024
ހޯދާ