ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕޯލްޓްރީފާރމެއް ތަރައްޤިކުރުމަށްޓަކައި ، މިރަށުގެ ދެކުނުފަރާތުން 6 ނަމްބަރުގޮނޑުދޮށުން ( އެލްޔޫޕީގައި ފާހަގަކުރެވިފައިވާ ސަރަޙައްދު ) 50,000 ފަންސާސްހާސްއަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ ، ބީލަމުގެ އުޞޫލުން މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.
މި ބިމުގެ ބީލަންފޮތް 16 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުންފެށިގެން 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 1500.00 ( އެންހާސް ފައްސަތޭކަ ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން https://forms.gle/cP3NBJVBMUukJ6gt7 މިލިންގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މި ބީލަމާބެހޭ މުޢާމަލާތްތައް ކުރިޔަށް ގެންދާނޭގޮތް މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ 5 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް[email protected]
ފޯން : 6600005