ދިވެހިރާއްޖެ
އިޢުލާން ނ.ހެނބަދޫ ކައުންސިލްގެ ޤުރުޢާން ކްލާސް ހެދުމާއި ގުޅޭ މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހެނބަދޫ ކައުންސިލްގެ ޤުރުޢާން ކްލާސް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 10 ރަބީޢުލްއާޙިރު 1446 13 އޮކްޓޫބަރ 2024
|