މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޕަރޭޝަން ކުރަނގި ފެށުމާއިގުޅޭ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ އޮޕަރޭޝަން ކުރަނގީގެ މަސައްކަތްތައް، 2024 އޮކްޓޯބަރު 14 ވަނަ ދުވަހު މިރަށުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގެތެރެއިން މިރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރާނެއެވެ.
ވީމާ، މިރަށުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބިދޭސީން ގެންގުޅޭ ފަރާތްތަކުން މިކަމުގައި ކައުންސިލަށް އެއްބާރުލުންދެއްވުން އެދެމެވެ.
13 އޮކްޓޫބަރު 2024
ހޯދާ