މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބީލަންތަކުގައި ބައިވެރިނުވެވޭ ފަރާތްތައް ކަނޑައެޅުން

އިޢުލާން

ކައުންސިލްގެ ބީލަންތަކުގައި ބައިވެރިނުވެވޭ ފަރާތްތައް ކަނޑައެޅުން

01 ޖެނުއަރީ 2024 އިން ފެށިގެން ލެޓަރ އޮފް އެވޯޑް ފޮނުވުމަށްފަހު، މަޤުބޫލު އުޒުރަކާއިނުލާ އެގްރީމެންޓްގައި ސޮއި ނުކުރާ ފަރާތްތަކާއި ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް މުއްދަތެއް ދެވި އެ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތައް ކައުންސިލްގެ ބީލަންތަކުގައި ބައިވެރިނުވެވޭނެ ގޮތައް 18 މަސް ދުވަހަށް ބްލެކް ލިސްޓް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިފަދަ ފަރާތްތައް މިހާރު ވަނީ ދަފްތަރުކުރެވިފައެވެ. އަދި މިހާލަތު ދިމާވާ އެހެން ފަރާތްތައްވެސް ކުރިއަށް އޮތްތާގައި ބްލެކް ލިސްޓް ކުރެވެމުންދާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

10 އޮކްޓޫބަރު 2024
ހޯދާ