މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                      ބ. ދޮންފަނު ގައި އިމާރާތްކުރުމަށް ފަށާފައިވާ މަސްމާރުކޭޓުގެ ނުނިމިހުރި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)317-PP/317/2024/64 ( 24 ސެޕްޓެމްބަރ 2024 ) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވެފައި އަދި ހުށަހެޅި އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13  އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2024  ވާ އާދީއްތަ  ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

                     އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގައި މި އިދާރާގައެވެ. މި މަސައްކަތަށް ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                     މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ  2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

13 އޮކްޓޫބަރު 2024
ހޯދާ