މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓަޑް ޕްރޮޕޯސަލް ހުށަހެޅުން

އިޢުލާން

 

ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓަޑް ޕްރޮޕޯސަލް ހުށަހެޅުން

 

ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓަޑް ޕްރޮޕޯސަލް (ޕީ.އެސް.އައި.ޕީ) ހުށަހެޅުމާއި އެފަދަ ޕްރޮޕޯސަލްތަކާމެދު ގޮތެއް ނިންމުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލު ގަވާއިދު ނަންބަރު: 2024/R-81 (2023/R-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް ގެނެވުނު 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ވަނީ 9 ސެޕްޓެމްބަރު 2024 ގައި ގެޒެޓުކޮށް ޢަމަލުކުރަން ފަށާފައެވެ.

 

ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓަޑް ޕްރޮޕޯސަލްގެ ގޮތުގައި ސަރުކާރަށް މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ހުށަހެޅޭނީ، ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫޢުއަކަށް ނުފެތުނު ނަމަވެސް، ސަރުކާރުގެ ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަ މަޝްރޫޢުތަކަށާއި، ސަރުކާރުގެ ސްޓެރެޓިޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީގޮތެއްގައި (އިނޮވޭޓިވްގޮތެއްގައި) އަދި ފުދުންތެރިގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ މަޝްރޫޢުތަކަށެވެ. މި ފަދަ މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ހުށަހަޅާނީ، ޕްރޮޕޯސަލުގައި ހިމެނޭ މަޝްރޫޢުގެ ދާއިރާއާ ގުޅޭ މިނިސްޓްރީއަކަށެވެ.

 

އެގޮތުން މި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ޕްރޮޕޯސަލްތައް މި މިނިސްޓްރީ އަށް ހުށަހަޅަން ވާނީ މި އިޢުލާނާ އެޓޭޗްކޮށްފައިވާ ޑިއު ޑިލިޖަންސް ޗެކްލިސްޓާއި، ޑިއު ޑިލިޖަންސް ފޯމާއި އަދި އެޕްލިކޭޝަން ފޯމުންނެވެ. ފުރިހަމަކޮށްފައިވާ ފޯމުތައް އީމެއިލްކުރަން ވާނީ [email protected]  އަށެވެ.

13 އޮކްޓޫބަރު 2024
ހޯދާ