މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.       

މަޤާމު: އައި.ޓީ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ވާރކް ސައިޓް: އެމްޓީޑީސީ ހެޑްއޮފީސް،  މާލެ

މައިގަނޑު މަސްއޫލިއްޔަތުތައް: ކުންފުނިން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އައިޓީ ސިސްޓަމްސް މެއިންޓެއިންކުރުމަށް ބޭނުންވާ ސަޕޯޓް ދިނުން.

ޝަރުޠު:

  • ޑިޕްލޮމާ އިން އައިޓީ ހާސިލުކޮށްފައިވުން ނުވަތަ މަދުވެގެން 3 އަހަރުގެ މަސައްކަތާ ގުޅުންހުރި ތަޖުރިބާ ލިބިިފައިވުން.
  • ޕީ.ސީ އޮޕަރޭޓިންގ، ހާޑްވެއަރ އަދި ނެޓްވާރކްއަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލުކޮށް އަދި މެއިންޓެއިންކުރަން ދަންނަ ފަރާތެއް ކަމުގައިވުންް.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

މުސާރަ: -/3،000 ރުފިޔާއާއި -/5،000 ރުފިޔާއާ ދެމެދު. މަސައްކަތާ، ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބިނާކޮށް މުސާރަ ކަނޑައެޅޭނެ.

މަތީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތަކުން 25 ޖޫން 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކުންފުނީގެ އޮފީހަށް ސީވީއާއި ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ، އައިޑީކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ އެއްފޮޓޯއާއި އެހެނިހެން ސަޕޯޓިންގ ޑޮކިޔުމަންޓްސް އަދި ރެފަރެންސް ސިޓީތަކާއެކު މަޤާމަށް ކުރިމަތިލުމަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ. އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕލކ.

ގ. ފަތުރުވެހި ފުރަތަމަ ފަންގިފިލާ، ބުރުޒުމަގު، މާލެ

ފޯން: 334 7766 ފެކްސް: 334 7733

އީމެއިލް: [email protected] ވެބްސައިޓް: www.mtdc.com.mv

15 ޖޫން 2015
ހޯދާ