މަޤާމު
|
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/11,000 ރުފިޔާ
- ސަރވިސް އެލަވަންސް: -/6,000 ރުފިޔާ
|
ޝަރުޠު
|
- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- މިކޮމިޝަނުގައި މިހާރު ބޭނުންކުރާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
- މިކޮމިޝަނުން ޑިވެލޮޕްކުރަން ބޭނުންވާ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމާއި، ކޮމިޝަންގެ ސޮފްޓްވެއަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެތަކެތި ބެލެހެއްޓުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- އޯލެވެލް އަދި އޭލެވެލް ސެޓުފިކެޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015214/ 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|