މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ކުޑަކުދިންގެ ޕާކު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން

    ކުޑަކުދިންގެ ޕާކު މަރާމާތުކޮށް ބެލެހެއްޓުމަށް ކުރެވިފައިވާ މި އިދާރާގެ ނަންބަރު (IUL)309-ESM/309/2024/120 އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ ކުޑަކުދިންގެ ޕާކު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އެއްވެސް ކުއްޔަކާއިނުލާ 09 ފޫޓު 06 ފޫޓު ގެ ޖާގައެއް ވިޔަފާރި (ގާޑިޔާ/ ޓޭކްއަވޭ) ކުރުމަށް 5 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠުތައް:

  • ދުވާލަކު އެއްފަހަރު ޕާކާއި، ޕާކް ވަށައިގެންވާ މަގުމަތި ސާފުކުރުން.
  • ކައުންސިލުން އަންގާ ގޮތަކަށް ޕާކް ދިއްލާ ބެލެހެއްޓުން.
  • ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ވޭސްޓް މެނޭޖްމަންޓް ސެންޓާރ) ކަނޑައެޅިފައިވާ ދުވަސްތަކުގައި ކުނިއުކާލުން.
  • ފެހި މާހައުލަކަށް ހެދުމަށްޓަކައި ގަސް އިންދާ ބެލެހެއްޓުން.
  • ތަނުގެ ކުދި ކުދި މަރާމާތުކުރުން.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އަދި އެބައިތަކަށް މާކްސް ދެވޭނެ މިންވަރު:

#

މައިގަނޑު ބައިތައް

މާކްސް (0)

1

އަހަރެއްގެ މައްޗަށް މަރާމާތަށް ހޭދަކުރެވޭނެ މިންވަރު

50

2

5 އަހަރުތެރޭ ޕާރކް ތަރައްޤީކުރުމަށް ނުވަތަ ޕާރކްގެ ޚިދުމަތް ފުޅާކުރުމަށް ކޮށްދޭނެ ކަންކަމާއި އެކަމަށްކުރާނެ ޚަރަދު. (ކޮންމެ އަހަރެއް ވަކިން ހިމަނަންވާނެއެވެ.)

40

3

ޕާރކް ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެ ޚިދުމަތްތައް

10

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

13 އޮކްޓޫބަރު 2024
ހޯދާ