މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް ހުޅުވާލުން.

ރަށުގެ އިރުމަތީކޮޅު ރާޅުގަނޑު ސަރަޙައްދުގައި، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 12،400 އަކަފޫޓުގެ ބިން، ގެސްޓްހައުސް ވިޔަފާރި އަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބިޑް ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 10 އޮކްޓޫބަރު 2024 ން 20 އޮކްޓޫބަރު 2024 11:00ގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ނަންގަވާ، ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމްގެ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ މިއިދާރާގެ އަންނަނިވި އެކައުންޓަށެވެ.

އަދި ރަޖިސްޓަރީވެވޭނީ ރަޖިސްޓްރީވުމަށް އެދި ދައްކާފައިވާ ފައިސާގެ ސްލިޕް [email protected] މެއިލަށް މެއިލް ކުރުމުންނެވެ.

 

ބޭންކް އެކައުންޓުގެ ނަން:        1411 ރެވެނިއު 1

އެކައުންޓް ނަންބަރު:           7709700388001

ސްލިޕްވައިބަރ ކުރަށްވާނެ ނަންބަރު:   7341417

  ބިޑު ރަޖިސްޓަރީ ފޯމް ލިންކް:

 https://forms.gle/NdqDNVTdxArbfVPq8

މަޢުލޫމާތު ސާފު ކުރުން:

20 އޮކްޓޫބަރު 2024 ގެ  12:00  މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

31 އޮކްޓޫބަރު 2024 ގެ  10:00  މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް

ބީލަމުގައި ރަޖިސްޓަރީވުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކިކަމުގެ ސްލިޕް އެއްކަރުދާސް ކުރެވިފައި އޮންނަންވާނެ އެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑު ހުށަހެޅުމަށް ބައިވެރިވެވޭނީ ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ. ބިޑުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯނު:  7414167

އިމެއިލް: [email protected]

10 އޮކްޓޫބަރު 2024
ހޯދާ